މިނިިސްޓަރ ޑރ. މާރިޔާ ޗައިނާ އަށް

2 months ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާ އަށް ވަޑައިގެންފިއެވެ.


މިއީ ބެއިޖިންގ ނޯމަލް ޔުނިވަރސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


މި ދަތުރުފުޅުގައި ބެއިޖިންގ ނޯމަލް ޔުނިވަރސިޓީގެ ޕްރެޒިޓެންޓް، ޕްރޮފެސަރ ޔޫ ޖިއޮންޖް، ވައިސް ޕްރެޒިޓެންޓް، ޕްރޮފެސަރ ޖޯ ޒުއޮޔު، ސްމާޓް ލާރނިންގ އިންސްޓް ޓިއުޓް އޮފް ބެޖިންގ ނޯމަލް ޔުނިވަރސިޓީގެ ވައިސް ޑީން އަދި ކުރީގެ ޕްރެޒިޑެންޓް އޮފް ކޮމަންވެލްތް އޮޕް ލާރނިންގއާއި ބައްދަލުކުރައްވާނެއެވެ.


މީގެއިތުރުން "ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި" ގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ބެއިޖިންގ ނޯމަލް ޔުނިވަރސިޓީިން އިންތިޒާމްކުރާ "ޑިވެލޮޕްމަންޓް އެންޑް ޔޫސް އޮފް ޑިޖިޓަލް ޓެކްސްޓް ބުކް" ފޯރަމްގައި ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.


މި މަހުގެ 16 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި، މިނިސްޓަރގެ ޕީއޭ، ވެސް ބައިވެރިވަޑައިގަންނަވައެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ބޭރުގެ އެކި ގައުމުތަކުގެ މަގްބޫލު ޔުނިވަރސިޓީތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.


މީގެއިތުރުން ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު