އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

2 months ago

އަފްރާހް

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއަށް، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.


މި މެސެޖުގައި އިންޑޮނޭޝިއާގައި ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑޮނޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.


މީގެއިތުރުން އިންޑޮނޭޝިއާގެ ރައީސަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވެސް އެ މެސެޖުގައި ވަނީ އެދިވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު