ޝަރަފުއްދީން ސްކޫލުގެ ކެޑޭޓުންނަށް އެއްދުވަހުގެ ކޭމްޕެއް

2 months ago

އަފްރާހް

އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގެ ކެޑޭޓް ދަރިވަރުންނަށް ކެޑޭޓް ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެއްދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގެ ގޯތިތެރޭގައެވެ.


ހެނދުނު 8 ން ހަވީރު 5 ޖަހަންދެން ކުރިއަށް ގެންދިޔަ މި ކޭމްޕުގައި އެ ސްކޫލުގެ 109 ކެޑޭޓުން ބައިވެރިވިއެވެ. މި ކޭމްޕުގައި ޑްރިލް، ބޭސިކް ފަޔަރ އެވެއަރނަސް، ފީލްޑް ކްރާފްޓް އަދި އޮބްސްޓެކްލް ކޯސްގެ ބައިތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ޝަރަފުއްދީން ސްކޫލްގެ ކެޑޭޓުންނަށް މި ކޭންޕު ކުރިއަށް ގެންގޮސްދީފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ސްކޫލުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފަރާތުން މި ފިލަޔާ ހަވާލުވެލެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ އިބްރާހީމް ރަޝީދުއެވެ.


މި ކޭމްޕުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ސިފައިންނެވެ.


ކިޔުންތެރިންގެ ހިޔާލު