7 months ago
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ މއ. ބޯޅަކިންކިރިމާގެ، އަހްމަދު އައިމަން ކަމަށެވެ. އަދި އެއީ އުމުރުން 30 އަހަރުގެ ޒުވާނެއް ކަމަށެވެ.
އައިމަން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އައިމަން ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅާ ހިއްސާކުރުމަށް ވެސް އެދިލައްވާފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލެމުން އަންނައިރު، ބައެއް ފަރާތްތަކުން ގެއްލިގެން ހޯދަން އިއުލާން ކުރުމުން އާއިލާ އާ އަމިއްލައަށް ދަނީ ހަވާލުވަމުންނެވެ.