4 months ago
މޯލްޑިވްސް ޕޮލިޓެކްނިކް އިން ހިންގާ ނޭޝަނަލް ސެޓިފިކެޓް ލެވެލް ގެ ކޯސްތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މި ފަހަކަށް އައިސް އެ އިދާރާ އިން ހިންގާ ކޯސްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އިއުލާން ކުރި ނޭޝަނަލް ސެޓިފިކެޓް 3 ން ފޮޓޯގްރަފީ، ނޭޝަނަލް ސެޓިފިކްޓް 3 ން، ރެފްރިޖިރޭޓަރ އެންޑް އެއަރ ކޮންޑިޝަނަރ މެކޭނިކް އަދި ލެވެލް 1 ޕޭސްޓްރީ ކޯހުގައި ޖުމްލަ 131 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. މިއީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް އަމާޒުކޮށްފައިވާ ކޯސްތަކެވެ.
ޕޮލިޓެކްނިކުން މާލެ ސެންޓަރގައި ފެށުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 14 އޮގަސްޓަށް ހަމަވެފައިވާއިރު، އެ ކޯހުގައި 51 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ނެޝަނަލަލް ސެޓްފިކެޓް 3 އިން ރެފްރިޖްރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ކޯހުގައި ގައި 35 ފަރާތަކުން ބައިވެރިވެފައި ވެއެވެ.
މީގެއިތުރުން ނިމިދިޔަ ހަފްތާގައި އިއުލާންކުރި ތިންވަނަ ކޯހަކީ ފޯމްލަކް ސިޓީގައި ބޭއްވުމަށް އިއުލާންކުރި "ޕޭސްޓްރީ އެންޑް ބޭކަރީ " ކޯހެވެ. މިއީ ސެޓިފިކެޓް ލެވެލް 1 ގެ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު މިއަދަށް (18 އޯގަސްޓް) ށް ހަމަވާއިރު މިހާތަނަށް 45 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ޕޮލިޓެކްނިކުން މިހާރުވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސް ފެށުމަށް ތައްޔާރުވެފައެވެ. އެގޮތުން ރާއްޖޭގެ ނަން ހިނގާ ގިނަ ކުންފުނިތަކާއި ގުޅިގެން އެކި ދާއިރާތަކުން ގައުމަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތް ވެސް ޕޮލިޓެކްނިކުން އަންނަނީ ކުރަމުންނެވެ.
ހަމަމިއާއެކު " ނޭޝަނަލް ސެޓިފިކެޓް ލެވެލް" ކޯސްތައް އެ އިންސްޓިޓިއުޓް، މާލޭއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ އެ އިދާރާގެ ޓްރެއިނިންގ ސެންޓަރުތަކުގައި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން، މަސައްކަތުގެ މައިދާނަށް ނެރުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.