4 months ago
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ސީނުކަރަ (ޗައިނާ) އަށް ފުރާވަޑައިގެންފިއެވެ.
މަޖިލިސް އިދާރާ އިން ވިދާޅުވީ މިއީ ބެއިޖިންގ ގައި ބާއްވާ "2024 އިންޓަރ ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް" ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މީގެއިތުރުން މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިމަހުގެ 18 އިން 23 އަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވާ ކަަމަށް މަޖިލިސް އިދާރާ އިން ވިދާޅުވިއެވެ.
މިއީ އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެން، ސީނުކަރަ އަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.