އުކުޅަހުގައި ހިދުމަތް ޖަމިއްޔާ އިން ބޭއްވި ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

2 months ago

އަފްރާހް

އއ. އުކުޅަހުގައި ކުރިއަށްގެންދިޔަ ފަހާކޯސް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.


މިއީ އެރަަށު ހޯޕް ޖަމިއްޔާއާއި ޚިދުމަތް ޖަމިއްޔާ އަދި ތުރުކީގެ އުއްމަ ޖަމިއްޔާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ކޯހެކެވެ.


ރާއްޖޭގެ 10 ސަރަހައްދެއްގައި ފަހަން ދަސްކޮށްދިނުމުގެ މަގްސަދުގައި ފެށި މި ޕްރޮގްރާމުގެ ދަށުން އުކުޅަހުގައި ކޯސް ބާއްވާފައިވަނީ އޮގަސްޓް 2 ން 16 ގެ ނިޔަލަށެވެ. އަދި މި ކޯހުގައި އެރަށުގެ 30 އަންހެން ކަނބަލުން ބައިވެރިވިއެވެ.


މީގެއިތުރުން ވިޔަފާރީގެ އުކުޅުތައް ދަސްކޮށްދިނުމުގެ ސެޝަންތައް ވެސް ވަނީ ބާއްވާފައެވެ.


މި ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު އުކުޅަހު ކޮންވެންޝަން ސެންޓަރުގައި 17 އޮގަސްޓުގައި ބާއްވާފައިވާއިރު، ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު ޢަބްދުލް ސަމީޢު އިމާދުއެވެ.


މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ވަނީ ބައިވެރިންގެ ތެރެއިން ގުރުއަތުން ނަގާ ދެ ބައިވެރިއަކަށް ފަހާފޮއްޓާއި ފަހަން ބޭނުންވާ ސާމާނު ޕެކެއް ހަދިޔާކޮށްފައެވެ.


މި ޕްރޮގްރާމުގައި ކަނބަލުންނަށް ކިޔަވައިދެއްވީ 25 އަހަރުގެ ފެހުމުގެ ތަޖުރިބާ ހުރި ޓޮޕްސީ ޓްރެއިނިންގ ސެންޓަރުގެ މުދައްރިބުންނެވެ. އަދި ވިޔަފާރީގެ އުކުޅުތައް ދަސްކޮށްދޭ ކްލާސްތައް ނަންގަވައިދެއްވީ ދަ ވައިބް ޖަމިއްޔާގެ ފަރާތުންނެވެ.


ޚިދުމަތް ޖަމިއްޔާ އިން ވަނީ އއ. ހިމަންދޫގައި ވެސް މިފަދަ ކޯހެއް ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު