އުއްމީދަކީ ތައިލެންޑާއެކު އޮތް ގުޅުން އިތުރަށް ބަދަހިވުން: ރައީސް

2 months ago

އަފްރާހް

ތައިލެންޑުގެ އައު ބޮޑުވަޒީރުގެ ޒައާމަތުގައި ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމުގައި އުއްމީދުކުރައްވާ ކަަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޕޭޓޮންގޓާން ޗިނަވާތު އަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި އެކަމަނާ އަށް މަރުހަބާ ދަންނަވައި، ވިދާޅުވީ އެކަމަނާގެ ދައުރުގައި ތައިލެންޑަށް އުޖާލާ މުސްތަގުބަލެއް އޮތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް ގުޅިގެން މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާކަމަށެވެ.


ތައިލެންޑުގެ އައު ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު އިންތިހާބުކުރެއްވީ އެ މަގާމުގައި ހުންނެވި ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ގާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި މަގާމުން ދުރު ކުރުމުންނެވެ.


ޕޭޓޮންގޓާނަކީ ތައިލެންޑުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިންތިހާބު ކުރެެއްވި ދެވަނަ އަންހެން ބޭފުޅާއެވެ. އަދި އެގައުމުގައި މިހހާތަނަށް އިންތިހާބު ކުރެވުނު އެންމެ ޒުވާން ބޮޑުވަޒީރު ވެސް މެއެވެ.


ތައިލެންޑުގެ ބިލިއަނަރު އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ޕެއެޓޯންގްޓާން ޝިނަވާޓްރާ އަށް ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން މިހާރުވަނީ ރުހުން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު