ރިސޯޓަކުން މޫދަށް ފޭބި ބިދޭސީ މީހާ ފެނިއްޖެ

5 months ago

އަފްރާހް

ގދ. ރަފެލްސް ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެމީހާގެ ހާލު ރަނގަޅު ކަމަށާއި އެ މީހާ ކަޔަކުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށެވެ.


ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބިފަހުން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔައީ އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފެކެވެ. އަދި އެެއީ އުމުރުން 32 އަހަރުގެ މީހެކެވެ.


އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މޭ 19 ވަނަ ދުވަހުގެ ހަވީރު 3:54 ހާއިރުއެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް 4:50 ގައި ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު