އެމްޕޮކްސް އަށް ރާއްޖެ އޮތީ ތައްޔާރީ ހާލަތުގަ

2 months ago

އަފްރާހް

އެފްރިކާ ބައްރުން ފެތުރެން ފަށައި، ދުނިޔޭގެ ބައެއް އެހެން ބައްރުތަކުގައި ވެސް ފެތުރެމުން އަންނަ 'އެމްޕޮކްސް' އަށް ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ފުރިހަމައަށް ތައްޔާރުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.


މިކަން ހާމަކުރެއްވީ މި ބައްޔާއި ބެހޭ މައުުލޫމާތު ނޫސްވެރިންނަށް ދިނުމަށް ހެލްތު މިނިސްޓްރީގައި ކުރިއަށްގެންދިޔަ ސެޝަންގައި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަހްމަދު އަޝްރަފް އެވެ.


އޭނާ ވިދާޅުވީ ޓެގް ޓީމުވެސް އެކުލަވާލާފައިވާ ކަމަށާއި އެ ޓީމުގައި ތަޖުރިބާހުރި އަދި ހުރިހާ ދާއިރާއެއްގެ ޑޮކްޓަރުން ހިމެނޭ ކަމަށެވެ.


މީގެއިތުރުން މި ބަލީގެ މައުލޫމާތު އެކި ސަރަހައްދުތަކަށް ޓީމުތައް ގޮސްގެން ވެސް މައުލޫމާތު ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި މީސްމީޑިއާގެ އެކި މަންސަތަކާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތައް މެދުވެރިކުރައްވައި ވެސް މައުލޫމާތު ފޯރުކޮށްދޭނެ ކަަމަށް ވިދާޅުވިއެވެ.


ޑރ. އަޝްރަފް ވިދާޅުވީ އެމްޕޮކްސް އަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަނީ ސްމޯލް ޕޮކްސް އަށް ބޭނުންކުރާ ވެކްސިން ކަމަށެވެ. އަދި ސީދާ އެމްޕޮކްސް އަށް ހާއްސަކޮށް ވެކްސިނެއް ތައްޔާރުވެފައި ނެތް ނަމަވެސް އެ މަސައްކަތް ވެސް ކަމުގެ ތަޖުރިބާކާރުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.


ހަމަމިއާއެކު މި ބަލީގެ އެންމެ ރިސްކު މަތި މީހުންގެ ތެރޭގައި ހިމެނެނީި މާބަނޑު އަންހެނުންނާއި ބަނޑުގައިވާ ދަރިފުޅާއި ކުޑަކުދިން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ހަމުގެ ބަލި ހުންނަ މީހުންނާއި ދިގުމުއްދަތަކަށް ބައްޔަކަށް ފަރުވާ ހޯދާ މީހުން ވެސް ހިމެނޭކަމަށް ޑރ. ވިދާޅުވިއެވެ.


ޑރ. އަހްމަދު އަޝްރަފް އިތުރަށް ވިދާޅުވީ އެމްޕޮކްސް އާއި ކޮވިޑުގައި ތަފާތުތަކެއް ހުރިނަމަވެސް، އެމްޕޮކްސް އަކީ ކޮވިޑު19 އާއި އަޅާބަލާއިރު، ސީރިއަސް ބައްޔެއް ނޫން ކަމަށެވެ. އެކަމަކު މި ބައްޔަށް ޓެސްޓުކުރުމުގައި ވެސް ޕީސީއާރު ހަދާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު