މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް، ހެލްތު މިނިސްޓަރާ ބައްދަލުކުރައްވައިފި

2 months ago

އަފްރާހް

ޞިއްޙީ ވަޒީރު ޑރ. ޚަލީލް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި ވަނީ ކުޑަކުދިންނަށް ހެދިބޮޑުވުމުގެ މަރުހަލާތަކަށް އަންނަ ލަސްކަން އަވަހަށް ދެނެގަނެވޭނެ ނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ހިމަނަންޖެހޭ ކަންކަމާއި އެފަދަ ލަސްވުންތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކޮށްފައެވެ.


މިގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި ޞިއްޙީ ވުޒާރާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ ގޮތަށް ހެދިބޮޑުވުމުގެ މަރުހަލާތަކަށް ލަސްކަން އަންނަ ކުދިން އަވަހަށް ދެނެގަނެ، އިންޓަރވެންޝަން ނިޒާމު އެކުލަވާލުމުގެ މަސައްކަތް ޓެކްނިކަލް ކޮމިޓީއަކުން ދަނީ ކުރަމުންނެވެ.


މި ބައްދަލުވުންތަކުގެ އަލީގައި، މި ނިޒާމު ތަންފީޛުކުރަން ފަށާނެ ތާރީޚާއި، މުޅި ޤައުމަށް މި ނިޒާމު ތަޢާރުފުކޮށް، މިކަމުގައި ޝާމިލުވާ ވުޒާރާތަކުގެ ދައުރަކީ ކޮބައިކަން ނިންމުމަށްވެސް މަޝްވަރާކުރެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު