ފުވައްމުލަކު ސިޓީގައި ކަސްރަތު ޕްރޮގްރާމެއް ހިންގައިފި

2 months ago

އަފްރާހް

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ގުޅިގެން ފުވައްމުލަކު ސިޓީގައި ކަސްރަތު ޕްރޮގްރާމެއް ހިންގައިފިއެވެ.


ޖުލައި 7 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް، "ހަށިހެޔޮ ދުޅަހެޔޮ ކަސްރަތު" ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސިޓީން 104 ފަރާތަކުން ބައިވެރިވެ، 75 ފަރާތަކުން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ފުވައްމުލަކު ސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރީންނަށާއި ޕްރޮގްރާމުގެ ސްޕޮންސަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް ފާރިޝް ހަނީފާއި، ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުގެ ކޮމާންޑަރ، މުޙައްމަދު ފަސީލްއާއި އެ ސިޓީގެ ކައުންސިިލްގެ މެމްބަރުންނެވެ.


ފުވައްމުލަކު ސިޓީގެ ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރުންނެވެ. މިއީ އެ ސިޓީގައި ކުރިއަށް ގެންދިޔަ މި ފަދަ ދެވަނަ ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު