އެމްއެންޔޫ އިން ހިންގާ ނޫސްވެރިކަމުގެ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

2 months ago

އަފްރާހް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މާލެ ކެންޕަހުގައި ކުރިއަށް ގެންދާ އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމްގެ އޮގަސްޓް އިންޓޭކް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


މި ކޯހަކީ ނޫވެސްރިކަމުގެ ދާއިރާއިން ކުރިއެރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ރަނުގެ ފުރުސަތެކެވެ.


އެގޮތުން މާސްކޮމިއުނިކޭޝަން، މޯލްޑިވިއަން ސްޓަޑީޒް، ނިއުސް އެންޑް މީޑިޔާ އެތިކްސް އަދި ޑިޖިޓަލް ޖާނަލިޒަމް ފަދަ މާއްދާތައް ކިޔަވައިދޭއިރު، މި ކޯހުގައި ދިވެހި ބަހާއި އިނގިރޭސި ބަސް ވެސް ކިޔަވައިދޭނެއެވެ.


އެމް.އެން.ކިއު.އެފް ލެވެލް 4 ގެ މިކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ޖީސީއީ އޯ ލެވެލްގެ 3 ފާސް ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ފެންވަރު ހުރުން ނުވަތަ 18 އަހަރު ފުރިފައިވާ 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން ހިމެނެއެވެ.


އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބަހައިލެވިގެން ކުރިއަށްގެންދާ މި ކޯހުގެ ޖުމްލަ ފީ އަކީ 6،960 ރުފިޔާއެވެ.


މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްއެންޔޫގެ ވެބްސައިޓް މެދުވެރިކޮށް މި ކޯހުގައި ބައިވެރިވުމަށް ހުށަހެޅޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު