އެހީ ޖަމިއްޔާ އިން ފެން ހިއްކާ ޕަންޕާއި ބައެއް ސާމާނު ހަދިޔާކޮށްފި

2 months ago

އަފްރާހް

އެހީ ޖަމިއްޔާ އިން ފެން ހިއްކާ ޕަންޕާއި ބައެއް ސާމާނު ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވާނެކަމަށް ލަފާކުރެވޭ ރަށްރަށަށާއި އެންޑީއެމްއޭ އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމަށް ފޯރުކޮށްދީފިއެވެ.


މިއީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ފެން ބޮޑުވެ، އެންމެ ބޮޑަށް ގެއްލުން ވާނެ ކަމަށް ލަފާ ކުރެވޭ ރަށްތަކަށް ވެދިން އެހީއެއް ކަަމަށް އެ ޖަމިއްޔާ އިން ހާމަކުރެއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މާލެ އަތޮޅުގެ ފަސް ރަށަކަށް އަދި ދެވަނަ ފިޔަވަހީގައި ހއ އަތޮޅުގެ ފަސް ރަށަކަށް މި ސާމާނު ހަދިޔާ ކޮށްފައިވާ ކަމަށް އެހީ ޖަމިއްޔާ އިން ބުނެއެވެ.


ފުރަތަމަ ފިޔަވަހީގެ ފަސް ރަށަށް އެހީ ފޯރު ކޮށްދީފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ އެހީތެރިކަމާއެކުގައެވެ. އަދި ހއ. އަތޮޅަށް ހަދިޔާ ކުރި ތަކެތި ހަދިޔާ ކޮށްފައިވަނީ އެއަތޮޅުގެ އަތޮޅު ޕޮލިހާ ގުޅިގެންނެވެ.


މީގެ އިތުރަށް އެހީ ޖަމިއްޔާއިން ވަނީ އެންޑީއެމްއޭއަށާއި އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ޓީމަށް ވެސް ފެން ހިންދުމަށް ބޭނުންވާ ޕެކޭޖު ހަދިޔާ ކޮށްފައެވެ.


އެހީ ޖަމިއްޔާ އިން ފޯރުކޮށްދިން ޕެކޭޖުތަކުގައި ހިމެނެނީ ގަމް ބޫޓު، ވާރޭ ކޯޓާއި ޓްރައުޒަރ، ޑިވޯޓަރިން ޕަމްޕު، ފްލެކްސިބަލް ކަންވަސް ހޯސް (50 މީޓަރު) އަދި ސްޕްރިންގ ހޯސް ( 20 މީޓަރު) އެވެ.


އެހީ ޖަމިއްޔާއިން މުޅި ޖުމްލަ 11 ރަށަކަށް އެހީ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ލ. ފޮނަދޫ، ކ. ގުރައިދޫ، ކާށިދޫ، ދިއްފުށި، ތުލުސްދޫ އެވެ. އަދި ހއ. ހޯރަފުށީ، އިހަވަންދޫ، ކެލާ، ދިއްދޫ އަދި ބާރަށެވެ.


މީގެ އިތުރުން އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއު އަށް ބޮޑު ފެން ޕަންޕަކާއި، އެއާއިއެކު ބޭނުންވާނެ އެހެނިހެން ސާމާނު ވެސް ވަނީ ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު