4 months ago
''ކޮފްސީ ސިރަޕް'' ގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ރާއްޖޭގައި ވަގުތީގޮތުން ބޭނުންކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ، ''ކޮފްސީ ސިރަޕް 100 އެމްއެލް'' ގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ދިމާވެފައިވާ މި މައްސަލައަށް އެ އޮތޯރިޓީން ވަކި ގޮތެއް ކަނޑައަޅަންދެން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
އެމްއެފްޑީއޭ އިން ވަނީ މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެ އޮތޯރިޓީގެ ހޮޓްލައިން 7230021 އަށް ގުޅުމަށް އެދިލައްވާފައެވެ.