ބާ ކައުންސިލްގެ އިސްބޭފުޅުން އައިޔޫއެމް އަށް ޒިޔާރަތްކުރައްވައިފި

2 months ago

އަފްރާހް

ބާ ކައުންސިލް އޮފް ދަ މޯލްޑިވިސްގެ ބައެއް އިސްބޭފުޅުން ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ބައެއް އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.


މިއީ އައިޔޫއެމް އިން މިހާރު ކުރިއަށް ގެންދާ 'ޝަރީޢާ އެންޑް ލޯ' އާއި ގުޅުންހުރި ކޯސްތަކާއި ކުރިއަށް އޮތްތާގައި ދެ ފަރަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެވެ.


19 އޮގަސްޓް 2024 ވީ ހޯމަ ދުވަހު އައިޔޫއެމްގައި ބޭއްވުނު މި ބައްދަލުވުމުގައި، އައިޔޫއެމް ގެ ފަރާތުން އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ވަޙީދާ، ޑީން އޮފް ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ އަލްއުސްތާޡް ޢަލީ ނިޝާމްގެ އިތުރުން ބައެއް ލެކްޗަރާސް ބައިވެރިވަޑައިގަންނަވާފައިވެއެވެ. އަދި ބާ ކައުންސިލްގެ ފަރާތުން އެ އިދާރާގެ އެކްސްކޯ މެމްބަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


ބާ ކައުންސިލަކީ ދިވެހި ދަޢުލަތުގައި އިންސާފު ޤާއިމުކުރުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ ފެންވަރު ބެލެހެއްޓުމާއި ހިފެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ. އެގޮތުން، މި އިދާރާ އިން ވަނީ ހަމަތަކާއި އުޞޫލުތަކުގެ މަތިން ވަކީލުންނަށް ޤާނޫނީ ދާއިރާގައި ކުރިއަރައި ދިޔުމަށް އެތަށް ދޮރުތަކެއް ހުޅުވައިލާފައެވެ.


އެމްއެންޔޫ އަކީ ބާ ކައުންސިލް ފަދަ އެތަށް މުއައްސާތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އެކި ދާއިރާތަކުގައި މަތީ ތަޢުލީމުގެ ފުރުސަތު ފަހި ކޮއްދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރާ ޔުނިވަރސިޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު