ޒަކާތާއި ބެހޭ މައުލޫމާތު އިސްރަށްވެހިންނަށް

2 months ago

އަފްރާހް

ޒަކާތާއި ބެހޭ މައުލޫމާތު އިސްރަށްވެހިންނަށް ދީފިއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މޯލްޑިވްސް ޒަކާތު ހައުސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އިސްރަށްވެހިންގެ ނާދީގައި ބޭއްވި މި ހަރަކާތުގައި ޒަކާތާއި މައުލޫމާތު ދެއްވީ ޒަކާތުގެ ހައުސްގެ އިސްބޭފުޅުންނެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން އިސްރަށްވެހިންގެ ނާދީގައި ގިނަ ކަންތައްތައް ގެންދަނީ ބާއްވަމުންނެވެ. އެގޮތުން މި ހަފުގާއި ވެސް އިސްރަށްވެހިންނަށް ހާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމާއި ގޯލްޑް ކަސްރަތު ޕްރޮގްރާމު އޮންނާނެއެވެ. އަދި މަދަހަ ކިޔުން ވެސް ކުރިއަށް ގެންދާނެއެވެ.


މީގެއިތުރުން މާޖަހަން ދަސްކޮށްދޭ ކްލާހާއި "ޑައިބެޓީސް" މައުލޫމާތު ސެޝަނެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި ވެސް އޮންނާނެއެވެ.


ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު އިސްރަށްވެހިންގެ ނާދީގެ ކްލަބް ބައްދަލުވުން ބާއްވާއިރު، އެރޭ ޅެންވެރިކަމުގެ ކްލާހެއް ވެސް ކުރިއަށް ދާނެއެވެ.


މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު 55 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ހުޅުވިފައި އޮތްއިރު، އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެއެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް، 3027586 ނަމްބަރަށް ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން އެދިލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު