ކައްދޫ އެއަރޕޯޓު ތަރައްގީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެ: މުބީން

5 months ago

ސާއި

ހައްދުންމަތީ ކައްދޫ އެއަރޕޯޓް އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި ހާލަތު ރަނގަޅު ކުރުމަށް މިހާރު ވެސް ކުރެވެން ހުރި ކަންތައްތައް ކުރުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ހާމަކުރައްވައިފިއެވެ.


ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުބީން ވަނީ އެ އެއަރޕޯޓުގެ ކަންކަން އެ ކުންފުނީގެ ދަށަށް ބަދަލުކުރުމާއެކު ކުރިން އެއަރޕޯޓް ހިންގަމުން އައި ކޭ.އޭ.ސީ.އެލްގެ ދަރަންޏާއި އެސެޓްތައް ހަތަރު މަސްދުވަހުގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.


އެ އެއަރޕޯޓުގައި އިތުރަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމުގެ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ހާލަތު ދަށްކޮށް ހުރި ތަންތަން ތަރައްގީކުރުމަށް 40 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް މުބީން ވިދާޅުވިއެވެ.


މީގެއިތުރުން އެ އެއަރޕޯޓުގައި ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ހާމަކުރައްވައި ވިދާޅުވީ މިވަގުތު ހާލަތު ދަށްކޮށް ހުރި 10 ކޮޓަރި އިތުރަށް ތަރައްގީކޮށް އިތުރު 20 ކޮޓަރި ތަރައްގީކުރައްވާނެ ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް އޮތް ދެމަހެއްހައި ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު