ބުޅާމަސް ކާންދިންކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

2 months ago

އަފްރާހް

ބުޅާމަހުން ކާތަކެތި ތައްޔާރުކޮށް ކާންދިންކަމަށް ބުނާ މީހާ ހައްޔަރުކޮށްފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޟިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް، އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ.


އުމުރުން 32 އަހަރުގެ މި މީހާ ހައްޔަރުކުރީ މިއަދު ހެނދުނު 10:32 ހާއިރު މާލެއިން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއެވެ.


ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ވެލްފެއަރ ފޮ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އަދި ފެލައިން ވެލްފެއަރ އޯގަނައިޒޭޝަނުން ތުހުމަތުކުރާ ގޮތުގައި އޭނާ އަކީ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގޮސް، އެ އެއްޗެހި ކައްކައިގެން ކައި އުޅޭ މީހެކެވެ. އަދި ބުޅާމަސް ވިއްކައި އަދި އެމަހުން ކާތަކެތި ތައްޔާރުކޮށް ވިއްކާ މީހެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު