އައިޔޫއެމް އިން ސްޓަޑީ ގައިޑްލައިން ލިޔުމަށް މާލީ އެހީ ދީފި

2 months ago

އަފްރާހް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން 13 'ސްޓަޑީ ގައިޑްލައިން' އެއް ލިޔުމަށް ބޭނުންވާ މާލީ އެހީތެރިކަން އެ ޔުނިވަރސިޓީގެ ލެކްޗަރާއިންނަށް ދެއްވައިފިއެވެ.


މި ކަމަށްޓަކައި އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި 'ސްޓަޑީ ގައިޑްލައިން' ލިޔުމުގެ މާލީ އެހީ ލެކްޗަރާއިންނާއި ހަވާލިކޮށްދެއްވީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ވަޙީދާއެވެ.


އައިޔޫއެމްގެ ލެކްޗަރާއިންނަށް 'ސްޓަޑީ ގައިޑްލައިން' ލިޔުމަށް ދެއްވި މި ފުރުސަތުގައި 18 ލެކްޗަރާއިން ވަނީ ސްޓަޑީގައިޑް ލައިން ލިޔުމަށް ޝައުގުވެރިކަން ފާހަގަކޮށް ޕްރޮޕޯސަލް ހުޅަހަޅާފައެވެ. މި 18 ޕްރޮޕޯސަލްގެ ތެރެއިން 13 ސްޓަޑީ ގައިޑްލައިން ލިޔުމަށް އައިޔޫއެމްގެ ފަރާތުން ލެކްޗަރާއިންނަށް ތިންލައްކަ ދިހަހާސް ރުފިޔާގެ މާލީ އެހީ ދެއްވާފައިވެއެވެ.


ލެކްޗަރާއިން ލިޔުއްވާ 'ސްޓަޑީ ގައިޑްލައިން' އަކީ ދަރިވަރުންގެ އުނގެނުމުގައި އެހީތެރިވުމަށް ފަރުމާކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައި، އެ ލެކްޗަރާއެއް ކިޔަވައިދެއްވާ މާއްދާގެ މުޙިއްމު ނުކުތާތަކާއި، އެސައިމެންޓާއި އިމްތިޙާން ފަދަ މާއްދާ އިން ރަނގަޅު ނަތީޖާ ހޯދުމަށް ބޭނުންވާ އެތަށް މަޢުލުމާތެއް އެކުލެވިގެންވާނެއެވެ. މިއީ، ދަރިވަރުންނަށް ތަޢުލީމު ހާޞިލުކުރުމުގައި ލުއި ފަސޭހަކޮއްދިނުމުގެ އިތުރުން ލެކްޗަރާއިނަށް އުގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތަށް މަދުކުރުމުގެ މަޤްސަދުގައި ފަރުމާކުރާ ލިޔުމެކެވެ.


އައިޔޫއެމް އިން އަންނަނީ އެ ޔުނިވަރސިޓީ އިން ފޯރުކޮއްދެއްވާ މަތީ ތަޢުލީމާއި ތަމްރީނުގެ ކުރިއެރުމާއި ތަރައްޤީއަށް، އެ ޔުނިވަރސިޓީގެ ލެކްޗަރާއިންނަށް އެކަށީގެންވާ އެއްބާރުލުމާއި އެހީ ދެއްވައި، އެކި މުއައްސަސާތަކާއި ގުޅިގެން ތަފާތު އެތަށް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަމުންއެވެ.


ކިޔުންތެރިންގެ ހިޔާލު