ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހޭ ކުންފުނިތަކަށް ލުއި ދޭނަން: އިހްސާން

2 months ago

އަފްރާހް

ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ބައެއް ކުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ފީ ދައްކަން ޖެހޭކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


މިނިސްޓަރު ވިދާޅުވީ އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށެވެ.


މީގެއިތުރުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން ޢަމަލުކުރުމަކީ ގަވައިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމުކަމެއް ކަމަށެވެ. އަދި ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑު ނުކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދީގެން އެމީހުން ގެންގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމަނިކުފާނި ވަނީ ބިދޭސީންނާއިގުޅޭ ފީތައް ދެއްކުމަށް އެކްސްޕެޓް ސިސްޓަމުން ބަލްކްކޮށް ފީ މިހާރު ދެއްކޭނެކަމަށެވެ.


ބިދޭސީން ރާއްޖެ ގެނެސް އެމީހުން ލައްވާ މަސައްކަތްކުރުވާ ފަރާތްތަކުން ދައްކަންޖެހޭ ވަރކް ޕާމިޓާއި ބިދޭސީންގެ ކޯޓާ ފީ ކޮންމެ ތިން އަހަރަކުން ބަދަލުކުރެވޭގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާޙު މިހާރު މަޖިލީހުން ފާސްކޮށްފައެވެ.


މި އިސްލާހާއެކު ވަރކް ޕާމިޓް އަދި ބިދޭސީންގެ ކޯޓާ ފީ ބޮޑުކުރުމުގެ އިޚްތިޔާރު ކަމާބެހޭ އިދާރާއަށް ލިބޭނެއެވެ. 


ކިޔުންތެރިންގެ ހިޔާލު