4 months ago
ޔޫތް ވޮއިސް ކެންޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) ޕްރޮޖެކްޓް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކޮންމެ އަހަރެއްގެ ވެސް 12 އޮގަސްޓް ގައި ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރީ އިން 'ޔޫތް ވޮއިސް'ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި ކެންޕޭންގައި ބައިވެރިވުމަށް، އެޒުވާނަކު މަސައްކަތްކުރާ ދާއިރާއާއި މެދު ޝައުގުވެރިކަން އުފެދުނު ގޮތާއި، އެ ދާއިރާގައި މަސައްކަތްކުރަން ފެށުނު ގޮތާއި އެ ދާއިރާގައި ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ވީޑިއޯ އެއް ހުށަހަޅަން ޖެހެއެވެ. އަދި އެހެން ޒުވާނުނަށް ދޭން ބޭނުވާ މެސެޖަކީ ކޮބައިކަން ވެސް ހިމަނަން ޖެހެއެވެ.
ތިން މިނެޓުގެ ވީޑިއޯއެއް (ޕޯޓްރޭޓް އޮރިއެންޓޭޝަންގައި) ނުވަތަ ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއް ވެސް ހށަހެޅިދާނެ ކަަމަށް ވިދާޅުވެއެވެ.
މިއީ 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން، އެޒުވާނުންގެ ވާހަކަތައް އާމުންނާއި ހަމައަށް ގެނެސްދިނުމާއެކު އެ ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން ގެންދާ ކެމްޕޭނެކެވެ. މި ކެމްޕެއިން ގުރުއަތުން ފުރަތަމަ ހޮވޭ ފަރާތަކަށް ފޫޖީ ފިލްމް އިންޓެކްސް ވައިޑް 300 އިންސްޓެންޓް ކެމެރާ އެއް ލިބޭނެއެެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އަންބަލަންގެ ޖްވެލްރީ ޑިޒައިން ކޯހެއް އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް ބޮޑީ ޓެކް ޖިމްގެ 1 މަސްދުވަހުގެ މެމްބަރޝިޕް ލިބޭނެއެވެ.
މި ކެންޕޭނުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރ މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ޖަހަންދެންނެެވެ. މި ކެމްޕެއިނާއި ގުޅޭ އިތުރު މައުލޫތު ހޯދެވުމަށް pmu@mohe.gov.mv މެއިލް ކުރެއްވުމަށް އެދިވަޑައިގަންނަވައެވެ.