7 months ago
ކ. ތިލަފުށިން ފުރައިގެން ދަނިކޮށް ޚަބަރެއްނުވި ދޯނި ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ AAA-37"" މުދާ އުފުލާ ދޯންޏާ ގުޅިފައިވާ ކަމަށެވެ. އަދި ކޯސްޓްގާރޑް ޝަހީދު އަލީ އެދިމާލަށް ދުއްވަމުންދާ ކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް އަދިހިއްސާ ނުކުރައްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނިން ދަތުރުކުރި 4 މީހުންގެ ހާލުވެސް ރަނގަޅެވެ. އަދި އެމީހުން މިހާރު މެދުފުށި އައިލެންޑް ރިސޯޓަށް ކޯސްޓްގާޑުގެ އުޅަނދެއްގައި ދަތުރުކުރަމުންދާކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އެމްއެންޑީއެފް އިން ކުރިންވިދާޅުވެފައިވަނީ މޭ 17 ވަނަ ދުވަހުގެ ހެނދުނު 6 ޖެހިއިރު ފުރި ދޯންޏެއް ކަަމަށެވެ. ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 5:20 ގައި ކަމަށް ވެސް ވިދާޅުވެއެވެ.