ބެއިޖިންގ ނޯމަލް ޔުނިވަރސިޓީ އިން ދިވެހިންނަށް ހުރި ފުރުސަތުތަކާއި މެދު މަޝްވަރާކޮށްފި

2 months ago

އަފްރާހް

ޗައިނާގެ ބެއިޖިންގ ލޯމަލް ޔުނިވަރސިޓީގެ އިސްބޭފުޅުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައްދަލުކުރައްވައިފިއެވެ.


މިނިސްޓަރު އެގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޔުނިވަރސިޓީގައި ބޭއްވި މި ބައްދަލުވުމަކީ ދިވެހި ދަރިވަރުންނަށް އެ ޔުނިވަރސިޓީ އިން މަތީ ތަޢުލީމުގެ ހާޞިލުކުރުމުގެ ފުރުސަތުތަށް ފަހިކޮއްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.


އެހެންނަމަވެސް މި ބައްދަލުކުރެއްވުމުގެ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އާއި އެކަމަނާގެ ޕީއޭ، އަދި އެ ޔުނިވަރސިޓީގެ ޕްރެޒިޑެންޓް، ޕްރޮފެސަރ، ޔޫ ޖިއޮންގް، ވައިސް ޕްރެޒިޑެންޓް، ޕްރޮފެސަރ، ޖޯ ޒުއޮޔު އަދި އެ ޔުނިވަރސިޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިނެވިއެވެ.


މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބެއިޖިންގ ނޯމަލް ޔުނިވަރސިޓީ އާއި ޔުނެސްކޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ބޭރުގެ އެކި އެކި ޔުނިވަރސިޓީތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތު ފަހިކޮއްދިނުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު