ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވާއިރު، އަޚްލާގަށް އަހަންމިއްޔަތިކަން ދޭންވާނެ: ޑރ. މާރިޔާ

2 months ago

އަފްރާހް

ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކޮށް ބޭނުން ކުރުމަކީ މުހިންމުކަމެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ޗައިނާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން "ޑިޖިޓަލް ޓެކްސްޓްފޮތްތައް ތަރައްޤީކުރުމާއި ބޭނުންކުރުމާ ބެހޭ ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރިޔަސް ކުދިންގެ އަޚްލާގާއި ސުލޫކު ބިނާކުރުމަށް އަހައްމިއްޔަތުކަން ދިނުމަކީ ވެސް ވަރަށްމުހިންމު ކަމަށެވެ.


މީގެއިތުރުން އައު އީޖާދުތައް ތައާރަފްކުރާއިރު، އެ އީޖާދުތަކަކީ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދެވޭ، ފަސޭހައިން ލިބެންހުންނަ، އަދި ހަމަހަމަ ތައުލީމެއް އެންމެންނަށް ފޯރުކޮށްދިނުމުގެ ވިސްނުމާ އެއްގޮތްވާ އީޖާދުތަކަކަށް ހެދުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.


މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބެއިޖިންގ ނޯމަލް ޔުނިވަރސިޓީ އާއި ޔުނެސްކޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު