ގައުމީ ހެލްޕް ލައިނެއް ގާއިމްކުރަނީ!

2 months ago

އަފްރާހް

ގައުމީ ހެލްޕު ލައިނެއް ގާއިމުކުރުމަށް މަޝްވަރާ ކޮށްފިއެވެ.


މިއީ ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރާ ހެލްޕް ލައިނެކެވެ.


ޝޯޓްކޯޑް ލައިނެއް ގާއިމްކުރުމަށް ކަމާއިގުޅުން ހުރި މުއައްސަސާތަކާއިއެކު މަޝްވަރާކުރައްވާފައިވާއިރު، މި މަޝްވަރާގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިން ބައިވެރިވެވަދައިގެންނެވިއެވެ.


ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ.


މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ހޯމް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު