އުތުރުގެ ތިން އަތޮޅަށް އޮރެންޖު ސަމާލު ނެރެފި

2 months ago

އަފްރާހް

ރާއްޖޭގެ އުތުރުގެ ތިން އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން، ބޮޑު ތިލަދުންމަތިން ފެށިގެން ށ. އަތޮޅާއި ހަމައަށް އޮރެންޖު ސަމާލު ނެރެއްވާފައިވާއިރު، ވިދާޅުވީ އެސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ފެންބޮޑުވާނެކަމަށް ލަފާކުރެވެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެދިލައްވާފައި ވެއެވެ.


އޮރެންޖު އިންޒާރު:


މި އެލަރޓްގެ މުއްދަތުގައި 1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލަރޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.


ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. އުދަ އަރާކަމަށް މަދުވެގެން 10 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުން މިއެލަރޓް ނެރޭނެއެވެ.


ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލަރޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާއިބެހޭ ފަރާތްތަކުން އަބަދު ވެސް ތިއްބަވާނީ ދިމާވެދާނެ ހާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު