އެންޑީއެމްއޭ އިން އެމްއެންޑީއެފަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

2 months ago

އަފްރާހް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.


މިކަމަށްޓަކައި ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ފަރާތުން މި ސާމާނު ހަދިޔާކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، އާއިޝަތު ޞަފޫރާއެވެ. އެމްއެންޑީއެފުން އެ ސާމާނާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސަރޖަން ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާޙިދު މުޙައްމަދުއެވެ.


މި ސާމާނުގެ ތެރޭގައި 49 ބާވަތެއް ހިމެނޭއިރު، އޭގެތެރޭގައި ހޮސްޕިޓަލް ވޯޑުގައި ބޭނުންކުރާ އާލާތްތަކާއި އޮޕަރޭޝަން ތިއޭޓަރުގައި ބޭނުންކުރާ އާލާތްތައް ހިމެނެއެވެ. އަދި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުން މޮނިޓަރކުރާ މެޝިނާއި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ބޮޑީ ކަވަރ ފަދަ ސާމާނު ވެސް ހިމެނެއެވެ.


މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫންއާއި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން އަދި އެންޑީއެމްއޭގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު