ވިއްސާރައިގާ ކުޅުދުއްފުށި ސިޓީގެ ގެތަކަށް ފެން ވަދެއްޖެ

2 months ago

އަފްރާހް

ރާއްޖެއަށް މިހަރުކުރަމުންދާ ވިއްސާރައިގާ ކުޅުދުއްފުށި ސިޓީގެ ގެތަކަށް ފެން ވަދެއްޖެއެވެ.


'އޮއިވަރު' އަށް މައުލޫމާތު ދެމުން އެ ސިޓީގެ މީހަކު ބުނީ އިއްޔެއިން ފެށިގެން ބޯކޮށް ވާރޭ ވެހެމުގެ ސަބަބުން ގާތްގަޑަކަށް ސަތޭކަ ގެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ތިން ގެއެއް ވަނީ މީހުންނަށް ނޫޅެވޭވަރުވެފައި ކަމަށެވެ.


"އެ 3 ގޭގެ މީހުން މިހާރުވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފަ." އޭނާ ބުންޏެވެ.


މީގެއިތުރުން އެ ސިޓީގެ ހަ ސަަރަހައްދެއްގައި ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް އާއި އާންމުންރައްޔިތުން އަދި ވުޒާރެާތަކުގެ މުވައްޒަފުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު