ކިންޑަރ ޕްރީސްކީޫލުގެ ބެލެނިވެރިންނަށް ސްކްރީން ޓައިމްއާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް

2 months ago

އަފްރާހް

ކިންޑަރ ޕްރީސްކީޫލުގެ ބެލެނިވެރިންނަށް ސްކްރީން ޓައިމްއާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ނަގައިދީފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި ސެޝަން ނަގައިދީފައިވަނީ އެ ސުކޫލުގެ އެދުމުގެ މަތިން 20 އޮގަސްޓް ވީ އަންގާރަ ދުވަހުގެ ރެއެވެ. މި ސެޝަން ނަގައިދެއްވީ އެ ވުޒާރާގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމް އާއި ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ތަސްލީމް އަބްދުލް ރަހީމްއެވެ.


މި ސެޝަނުގައި ސްކްރީންޓައިމް އިތުރުވުމުގެ ސަބަބުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ސްކްރީންޓައިމް މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދީފައެވެ. އަދި ސްކްރީންޓައިމް ދިނުމުގައި ސަމާލުކަން ދޭންވީ ކަންކަމަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.


އެގޮތުން ސްކްރީން ޓައިމް އިތުރުވެގެން ދިއުމަކީ ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެއީ ކުއްޖާ ހެދިބޮޑުވުމާއި ސިކުނޑި ތަރައްގީވުމާއި، ކަންކަމުގައި ކުދިން ވިސްނާ މިންވަރު މަދުވުންފަދަ މައްސަލަތަކާއި ކުރިމަތިވާ ކަމެއްކަން ދިރާސާތަކުން ދައްކާކަން ވެސް ބެލެނިވެރިންނަށް ވަނީ ހަނދާންކޮށްދެއްވާފައެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ކުދިންގެ ހެދިބޮޑުވުމާއި ގުޅުންހުރި ތަފާތު މަޢުލޫތަކަށް ބެލެނިވެރިންނާއި މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.  


ކިޔުންތެރިންގެ ހިޔާލު