ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ސްޓާރ ދަރިވަރުން ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް

2 months ago

އަފްރާހް

ހދ. އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ ސްޓާރ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.


އެ ސެންޓަރުގެ ސްޓާރ ހަރަކާތުގެ 25 ދަރިވަރުންނާއި ފަސް ޓީޗަރުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ކުރި ޒިޔާރަތުގައި، ފަޔަރ ފައިޓަރުންގެ ދުވަހުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުވާލައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.


އެގޮތުން، ޑެއިލީ އިންސްޕެކްޝަންތައް ކުރިއަށްގެންދާ ގޮތާއި ފަޔަރ ސްޓޭޝަނުގައި ބޭނުންކުރާ އުޅަނދުފަހަރާ ބެހޭ މައުލޫމާތު ވަނީ ދީފައެވެ. އަދި ޓެކްނިކަލް ރެސްކިޔުގެ މައުލޫމާތު ވެސް ވަނީ ދީފައެވެ.


މީގެއިތުރުން ހައިޑްރޯލިކް ޓޫލްސްގެ ޑެމޮންސްޓްރޭޝަނާއި ފަޔަރ ސްޓޭޝަންގެ ޓުއަރއަކާއި، އަލިފާނުގެ ހާދިސާއެއް ހިނގުމުން ފަޔަރފައިޓަރުން ހަރަކާތްތެރިވާ ގޮތުގެ ޑެމޮންސްޓްރޭޝަނެއް ދަރިވަރުންނަށް ވަނީ ހުށަހަޅައިދީފައެވެ.


މި މައުލޫމާތު ފޯރުކޮށްދިނީ، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު