ކޮންސްޓްރަކްޝަން ދާއިރާއަށް އަމާޒުކޮށް ކޮންފަރެންސެއް ބާއްވަނީ

2 months ago

އަފްރާހް

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އަމާޒުކޮށް ކޮންފަރެންސެއް ބޭއްވުމަށް ނިންމައި، އެކަމާއިގުޅޭ މަޝްވަރާތައް ކޮށްފިއެވެ.


ސެންޓްރަލް އިންޖީނިއަރިންގ ކޮންސަލްޓެންސީ ބިއުރޯ އޮފް ސްރީލަންކާއާއި ޕޮލިޓެކްނިކުން ގުޅިގެން ބޭވުމަށް މަޝްވަރާކުރެވޭ މިކޮންފެރެންސްގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި މި ދާއިރާއާއި ގުޅޭ އިތުރު މުޙިއްމު މަޢުލުމާތު ޒުވާނުންނަށް ފޯރުކޮއްދިނުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.


އޮގަސްޓު 20 ވީ އަންގާރަ ދުވަހު ރާއްޖެގެ ކޮންސްޓްރަކްޝަން ދާއިރާގެ ބޭފުޅުންނާއެކު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ، ޛޫޝާން ކަމާލުއްދީން އާއި އެ އިދާރާގެ ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


މީގެއިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ފަރާތުން އެ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ވިޔަފާރިވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


މޯލްޑިވިސް ޕޮލިޓެކްނިކަކީ ތަފާތު ދާއިރާތަކުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކާއި ގުޅިގެން ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމާއި އެ ޒުވާނުންގެ ހުނަރުތައް އިޢާދަކުރުމަށް މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ.


ކިޔުންތެރިންގެ ހިޔާލު