ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓު ފުރާނީ މި މަހު 31 ގަ

5 months ago

އަފްރާހް

ރާއްޖެއިން ހައްޖަށްދާ މީހުން ގޮވައިގެންދާ ފުރަތަމަ ފްލައިޓު މި މަހު 31 ގައި ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ އިންތިޒާމްތަކާއި ތައްޔާރީތައް މިހާރުވަނީ ފުރިހަމަކޮށްފައި ކަމަށެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހަައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާއެކު ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައއިވާ ކަމަށެވެ.


އާއްމު އުސޫލުން ކޮންމެ އަހަރަކު ވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ހައްޖު ކޯޓާ ލިބޭއިރު، ސަރުކާރުން ނިންމަވާފައިވަނީ މިހުރިހައި ކޯޓާއެއް އްޖުގެ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ. އެއީ ހައްޖުގެ އަޅުކަމަށް ދާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާކުރުމަށެވެ. މީގެތެރެއިން 50 ކޯޓާ، ސަރުކާރުގެ ޚަރަދުގައި ނިކަމެތިންނަށް ކަނޑައަޅާފައިވާއިރު، އެ ފުރުސަތު ލިބޭ މީހުން ވެސް މިހާރު ވަނީ ހޮވާފައެވެ.


ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު