މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

5 months ago

އަފްރާހް

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ މ. ރަބީއު ވިލާ އިން ކަމަށެވެ.


"މާފަންނުގެ ގެއެއްގެ ތިރީ ފަންގިފިލާގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މެންދުރު 2:20 ހާއިރު." ފުލުހުން ވިދާޅުވިއެވެ.


އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިޔަސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.


ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދާ ޒުވާނާއެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަމާއިގުލޭގޮތުން ބަހެއް އަދިވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު