ހއ. އަތޮޅުން ފެށިގެން ކޮޅުމަޑުލަށް ރީނދޫ ސަމާލު

7 months ago

އަފްރާހް

ހއ. އަތޮޅުން ފެށިގެން ކޮޅުމަޑުލުގެ ރަަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވި އެސަރަހައްދުގެ ރަަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަަމަށެވެ.


މީގެއިތުރުން އެސަރަހައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އެހެންކަމުން މޫސުމަށް ބަލައިގެން ކަނޑުދަތުރު ކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އެދިލައްވާފައި ވެއެވެ. އަދި ދަތުރަކަށް ފެއްޓުމުގެކުރީން މޫސުމީ އެންމެފަހުގެ އަދާހަމަ ބެއްލެވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.


ރީނދޫ ސަމާލު:

މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ.


1 ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރ ގެ ވާރޭ ވެހުން އެކަށީގެން ވެއެވެ. އާދަޔާހިލާފަށް ގުގުރުން ނުވަތަ މިފަދަ ގޮތަކަށް ގުގުރާފާނެ ކަމަށް އަދި ފާއިތުވި 3 ގަޑިއިރު 28-35 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 30-25 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން މި އެލާޓް ނެރެއެވެ. ވިލާގަނޑުގައި ވައިގަދަވެ 55 މޭލަށް ވައިބާރުވެދާނެއެވެ. އުދަބާނި އަދި އުދަ އެރުން އެކަށީގެން ވެއެވެ.


މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މަދުވެގެން 5 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުމުން މި އެލާޓް ނެރެއެެވެ.


މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު