މިއަހަރުގެ ހައްޖު މިޝަންގެ މެންބަރުން ފުރައިފި

5 months ago

އަފްރާހް

މިއަހަރުގެ ހައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހަައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ހައްޖު މިޝަންގެ ބޭފުޅުން ކަމަށެވެ. އަދި ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންގެ ބޭފުޅުން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވައިލާ ހައްޖު މިޝަންގައި ހަތް ބޭފުޅުން ހިމެނޭއިރު، އޭގެ ތެރޭގައި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާ ވެސް ހިމެނޭ ކަމަށެވެ.


އެގޮތުން އެ މިޝަންގައި ހިމެނެނީ އުސާމް މުޙައްމަދު، މުޙައްމަދު ޝަކީލް، ޑރ. އަޙްމަދު އަސްލަމް ޢަބްދުﷲ، މުޙައްމަދު ރަމީޒް އެވެ. އަދި އަޙްމަދު ޢަދީލްއާއި ޢަބްދުލް ޢަޒީޒު އިސްމާޢީލްއާއި ޖަންނަތު ސަޢީދުއާއި ޒަމްޢަތު އަޙްމަދު ވަޙީދު އާއި އިބްރާހީމް އަކްމަލް ވެސް ހިމެނެއެވެ.


މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ހައްޖުގެ އަޅުކަމަށް ފުރާނެއެވެ. ފުރަތަމަ ފްލައިޓު ފުރުމަށް ތާވަލުކޮށްފައިވަނީ މި މޭ މަހުގެ 31 ވަނަ ދުވަހުއެވެ. ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު