ޑްރަގް ކޯޓުން އަނެއްކާ ވެސް ވައްކަން ކޮށްފި

1 month ago

އަފްރާހް

ޑްރަގް ކޯޓުން އަނެއްކާ ވެސް ވައްކަން ކޮށްފިއެވެ.


އެ ކޯޓުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިހައިތަނަށް ބެލިބެލުމުން އެކަމުގައި އުޅެފައިވަނީ އެންމްެ މީހެއް ކަމަށް ވެސް މައުލޫމާތު ދެއްވައެވެ.


މީގެއިތުރުން އެމީހާ ވަދެފައިވަނީ ކޯޓާއި އިންވެގެންވާ ގެތަކާއި ކޯޓާއި ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތްކުރާ މާލަމެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ކަމަށް ބެލެވޭ ކަމަށް ވެސް ޑްރަގު ކޯޓުން ވިދާޅުވެއެވެ. އަދި އެ މާލަމުން ކޯޓުގެ އެހެން ހިސާބަކަށް ވަދެ، ތަޅުލާފައިވާ ކަބަޑުތައް ފަޅާލައި، ކޯޓުގެ ރެލްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.


އެ ކޯޓުން އިތުރަށް ވިދާޅުވީ މި ވައްކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް ކޯޓު ބަލައިފާސްކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.


2022 ވަނަ އަހަރު ވެސް އެ ކޯޓޫގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން މީހަކު ވަދެ، ވަނީ ވައްކަންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު