3 hours ago
ހުޅުމާލޭ ހިޔާ ފްލެޓު ސަރަހައްދުގެ ފެނުގެ ވިއުގައަށް ދިމާވި މައްސަލަ ހައްލުކޮށް ހިޔާ ޓަވަރުތަަކަށް ފެން ދޫކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން މިކަން ޔަގީންކޮށްދެއްވައި، 'އެކްސް' ގައި ވިދާޅުވީ ފެން ކެނޑުނު ހިޔާ ޓަވަރުތަކަށް އަލުން ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެފައިވަނީ ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުން ފެން ކެނޑުނީ ހިޔާ ޓަވަރު 1 ން ފެށިގެން 8 ވަނަ ޓަވަރާ ހަމައަށް ކަމަށެވެ.
އެހެންނަމަވެސް މި ހޮޅި ފަޅައިގެން ދިޔައީ ކޮން ސަބަބަކާ ހުރެކަމެއް އެއްވެސް އިދާރާއަކުން މިހައިތަނަށް ހާމައެއް ނުކުރައްވައެވެ.
އެމްޑަބްލިއުއެސްސީން ވަނީ މިކަމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.
The issue has been resolved and the service has now been resumed. We apologize for any inconvenience. https://t.co/ie03mkQtQ2
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 10, 2025