ކާބޯތަކެތީގެ ޚިދުމަތްދޭ ހަތަނެއް އިންސްޕެކްޓްކޮށްފި

1 month ago

އަފްރާހް

ކާބޯތަކެތީގެ ރައްކާތެރިކަމާއި އާއްމު ޞިއްޙަތާއި ގުޅުން ހުރި މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން މާލޭސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ހަތަނެއް އިންސްޕެކްޓްކޮށްފިއެވެ.


މި އިންސްޕްކްޝަން ކުރިއަށް ގެންދެވިފައި ވަނީ މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.


އިންސްޕެކްޝަން ކުރިޔަށް ގެންދެވުނު 6 ތަނުގެ މަޢުލޫމާތު:


1- މެމްބަރ ހޮޓެލް / މ. ކަފަގަސްދޮށުގެ

2- 1979 ޝޮޕް /

3- ދޮންމަނިކް / މ. ހުއިވަނި

4- ކެފޭ ކޯނަރ / މ. ހަނީ ސަކުލް

5- ދަ ކެބިން (ޓޭކްއަވޭ) / މ. ހަނީ ސަކުލް

6- މއ. ހަނީ ސަކަލް (ގޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބަދިގެއެއް)


މިތަންތަނުގެ ތެރެއިން ތަނުގެ ޢާއްމުސާފުތާހިރުކަން ދަށްވުމުގެ ސަބަބުންނާ، ޢާއްމު ޞިއްޙަތަށް ނުރައްކާވެދާނޭ ޙާލަތެއް މެދުވެރި ވެދާނޭކަމަށް ފާހަގަކުރެވޭތީ މެމްބަރ ހޮޓެލް / މ. ކަފަގަސްދޮށުގެ، ދަ ކެބިން ( ޓޭކްއަވޭ ) / މ. ހަނީ ސަކުލް އަދި މއ. ހަނީ ސަކުލް ގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އައި ބަދިގެއަށް ވަނީ ނޯޓިސް ދީފައެވެ. އަދި މިދެންނެވުނު ތަންތަނުގައި ހަރުކޮށްފައިވާ ނޯޓިސް ނައްޓައި ޚިދުމަތް ކުރިޔަށް ގެންދެވޭނީ އެފަރާތްތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްފަހު އެކަން އެންގުމުން ، ބަލައި ފާސްކޮށް ކަށަވަރު ކުރުމަށްފަހުގައެވެ.


މީގެއިތުރުން އާންމު ޞިއްހަތަށް ނުރައްކާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ގެންދިޔަ 10 ތަނެއް ހުޅުމާލެއިންވެސް ވަނީ މިދިޔަ ހަފްތާގައި އިންސްޕެކްޓްކޮށް ވަނީ ނޯޓިސް ދީފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ސްޕެޝަލް އޮޕަރޭޝަންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުޅުމާލޭ ފޭސް 2 ގެ 8 ތަނެއް ބަލާފާސްކޮށް އެތަންތަނުގައި ފެނާ ކަރަންޓުގެ އެއްވެސް ޚިދުމަތެއް ނެތި ޢާއްމުސާފުތާހިރުކަން ދަށްކޮށް މަސައްކަތް ކުރަމުން ދާތީ، މިކަމަކީ ޢާއްމު ޞިއްޙަތަށް ނުރައްކާވެދާނޭ ޙާލަތެއް މެދުވެރި ވެދާނޭކަމަށް ފާހަގަކުރެވޭކަމަކަށްވާތީ މިތަންތަނަށްވެސް ވަނީ ނޯޓިސް ދީފައެވެ.


ގެސްޓް ހައުސްގެ ގޮތުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ކާބޯތަކެތީގެ ޚިދުމަތްދެމުންދިޔަ ދެ ތަނެއްވެސް ވަނީ މި އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބަންދުކޮށްފައެވެ. އެ ތަންތަން ފާހަގަވެފައިވަނީ ސާފުތާހިރުކަން ކުޑަ ތަންތަނުގެ ގޮތުގައެވެ. މި ދެ ތަން ހިންގަމުން އައީ މ. އެކިފަރު އަދި ހ. ބިއަންކާ ގޭގައެވެ. 


ކިޔުންތެރިންގެ ހިޔާލު