ސޯޝަލް މިނިސްޓްރީ އާއި އެހީ ޖަމިއްޔާ ފަހުމުނާމާއެއްގައި ސޮއި ކޮށްފި

1 month ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ އާއި އެހީ ޖަމިއްޔާ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މިއީ އެ ވުޒާރާގެ މޭންޑޭޓުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި އެހީ ޖަމިއްޔާގެ ފަރާތުން އެ ވުޒާރާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެކެވެ.


މީގެއިތުރުން އެވުޒާރާގެ މަސައްކަތްތަކާއި ވުޒާރާއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން އެ ޖަމިއްޔާގެ މެމްބަރުން އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީ ވެސް މި ފަހުމުނާމާގެ މަގްސަދެކެވެ.


އިޖުތިމާޢީ އަދި ޢާއިލީ ދުޅަހެޔޮކަން ކަށަވަރުކޮށް، އިޖުތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި އެހީ ޖަމިއްޔާ ފަދަ އެންޖީއޯތަކާއި އަމިއްލަ ފަރުދުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް، އެވުޒާރާއިން ޝުކުރު އަދާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު