އީދު މިސްކިތުން ވައްކަންކޮށްފި

1 month ago

އަފްރާހް

މާލޭގެ އީދު މިސްކިތުން ވައްކަންކޮށްފިއެވެ.


މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އެ މިސްކިތުގެ ބޮކިތަކާއި ފަންކާތަކުގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށެވެ.


'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެތަކެތި ވަގަށް ނަގާފައިވަނީ އޮގަސްޓް 27 ވީ އަންގާރަ ދުވަހުގެ ރޭ އިރުއޮއްސި 6 އާއި ރޭގަނޑު 10 ޖެހުމާއި ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.


އެ މިސްކިތުގައި ހަރުކޮށްފައި ހުރި 13 ބޮތްކާއި 18 ފަންކާގެ ކޭބަލް ވަގަށް ގެންގޮސްފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އީދު މިސްކިތަކީ ވަގުތީގޮތުން ބަންދުކޮށްފައިވާ މިސްކިތެކެވެ. އެއީ އެ މިސްކިތުގެ ގޯތި ތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ގޯތިތެރޭގެ ތަޅުން އުސްކުރުމަށްޓަކައެވެ.


މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމަކީ މިފަހަަކަށް އައިސް ވަރަށްގިނައިން ކުރަމުން އަންނަކަމެކެވެ. އަދި މިފަދަ މައްސަލަތަކުގައި ކަމާއިބެހޭ އިދާރާތަަކުން އެކަން ކުރާ ބައެއް ފަރާތްތައް ހައްޔަރު ވެސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު

އަލީޚާލިދު ހުޅުދޫ

މިސްކިތް ތަކުން ވައްކަން ކުރުމާ މިސްކިތުގެ ހުރުމައްކެނޑޭ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޑައްބާރުލާފަ ފިޔަޅު އަޅާ ވާހަކަ ބުނާ ފަރާތްތަކުން ހަދާނީ މުޅިން ދޮގު މިގައުމުގައި މިބާވަތުގެ ކަންތައް ކުރާމީޔައް ސަރުކާރުތަކުން ދީފާހުރީ ހިމާޔަތާ ރައްކާތެރިކަން ނަންއޮތީދީނައްޓަކާ ގުރުބާންވާން ތައްޔާރު ވީމާ ވާގޮއް އިޒުރޭލައްވުރެމިގައުމު އޮތީ އިސްލާމްދީނާ ޢަދާވާތްތެރި ބަޔަކު ވަކިހިމާޔަތެއްލިބިގެން ދިރިއުޅޭ ގައުމެއްގެ ގޮތައް

1 month ago