އެންޑީސީ 3.0 އިސްލާހުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

1 month ago

އަފްރާހް

ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ 3.0) އިސްލާހުކުރުމުގެ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.


މިއީ މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރްމެންޓް އެންޑް އެނާރޖީ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.


އެމްއެންއެސްޑީއޭގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން މިހާރު (އެންޑީސީ 3.0) އަށް ގެންނަންޖެހޭ މުޙިއްމު ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.


ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ 3.0) އަކީ ރާއްޖޭގެ މޫސަމަށް އަންނަ ބަދަލުތަކާއި އޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ގުދުރަސީ ވަސީލަތްތަށް ހިމާޔަތްކުރުމުގެ ގޮތުން ދިވެހި ދައުލަތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަށް ހިމެނޭ ޕްލޭންއެކެވެ.


މި ބައްދަލުވުމުގައި އެމްއެންއެސްޑީއޭގެ ފަރާތުން އެ އިދާރާގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން ވެސް އެ ވުޒާރާގެ ބައެއް އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު