އެމްއެމްސީ އަށް ފަސް ނޫހަކާއި ގުޅޭ 74 ޝަކުވާ

1 month ago

ސާއި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ސަރުކާރާ ދެކޮޅު ޚަބަރު ގެނެސްދޭ 5 ނޫހަކާ ދެކޮޅަށް 74 ޝަކުވާއެއް ހުށަހަޅާފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ.


އެމްއެމްސީން އާންމުކުރައްވާފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އޭގެތެރެއިން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ 'ދިޔަވަރު' ނޫހާއި ގުޅޭގޮތުންނެވެ. އެނޫހާއި ގުޅޭގޮތުން 56 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ.


އެ ކައުންސިލުން މީސްމީޑިއާ އަށް ދޫކޮށްފައިވާ ތަފާސްހިސާބުން ހާމަވާ ގޮތުގައި ދުންމާރި، އަދި ދޮންއަމާ ނަމަކަށް ކިޔާ ނޫހަކާއި ގުޅޭ ހަތަރު ޝަކުވާއެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ކުރުސީ.ކޮމް އާއި ޗެނަލް13 އޮންލައިން އާ ދެކޮޅަށް ވެސް ޝަކުވާ ހުށަހަޅާފައި ވެއެވެ.


މި ޝަކުވާތަކުގެ ތެރެއިން 94 އިންސައްތަ ޝަކުވާ ރައީސް އޮފީހުން އަދި އެހެނިހެން ފަރާތްތަކުން 6 އިންސައްތަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު