މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހައިތަމްގެ ކާރުގައި ރޯކޮށްލައިފި

1 month ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހައިތަމްގެ ކާރުގައި ރޯކޮށްލައިފިއެވެ.


އިތުބާރުހުރި މަސްދަރަކުން 'އޮއިވަރު' އަށް މައުލޫމާތު ދެމުން ބުނީ މިއީ އޭނާ ސްރީލަންކާގައި ދުއްވާ ކާރު ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ތިން ދުވަސް ކުރިން ކަމަށެވެ.


މީގެއިތުރުން އެކާރުގައި ބަޔަކު ރޯކޮށްލާފައިވަނީ އެކްސިޑެންޓެއްވުމުގެ ސަބަބުން މަރާމާތުކުރުމަށް ކާރު ގަރާޖަށް ގެންގޮސްފައިވަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ރޯކޮށްލީ މަރާމާތަށް ނިމިގެން ކާރު ބަލާ އަންނަން ގުޅާފައިވަނިކޮށް ކަމަށެވެ.


އޮއިވަރު އަށް ލިބިފައިވާ ފޮޓޯތަކުން ހާމަވާގޮތުގައި އެ ކާރު އެއްކޮށްވަނީ ހަލާކުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު