ޕީއެންސީން ކުރަމުންދަނީ ގައުމު އާރާސްތު ކުރުމުގެ މަަސައްކަތް: އަބްދުއްރަހީމް

1 month ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމަކީ ގާބިލު ޓީމެއް ކަމަށް ޕީއެންސީގެ ޗެއަރޕާރސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.


އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެއީ ގައުމު ބަނގުރޫޓުކޮށް، ރައްޔިތުން ނިކަމެތިކޮށްލި ޕާޓީއެއް ކަމަށެވެ. އަދި ޕީއެންސީ އަށް އެމްޑީޕީގެ ލަފައެއް ބޭނުންނުވާނެ ކަމަށެވެ.


މީގެއިތުރުން މިހާރު ޕީއެންސީ ސަރުކާރުން ކުރަމުންދަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކަމަށް ވެސް ރައްޔިތުންގެ މަޖިީހުގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.


އެމްޑީޕީގެ ލަފައަކާއި ނުލައި މި ގައުމު އަލުން އާރާސްތުކޮށް ގައުމުގެ އިގްތިސާދު ނަގައި ކޮޅަށް ޖަހާނެ ކަމުގައި ވެސް ވިދާޅުވިއެވެ.


ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވެސް ވަނީ އެމްޑިޕީގެ ލަފާ ހޯދައިފި ނަމަ ގައުމު ވެއްޓޭނީ ފުން އަނދަވަޅަކަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކަންތައް ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

ޓިނުއަދުރޭ

ޕީއެންސީ ކުރަމުން އަންނަނީ 5 އަހަރުތެރޭގައި ޤައުމު ދަވާލުމުގެ މަސައްކަތް.

1 month ago

އިއްބެ

ނޫން ފައުޅުކޮށްއެނގިގެންކުރަނީ އަމިއްލައެދުމުގެމަސައްކަތް

1 month ago