ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

1 month ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.


ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، އެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.


މި އޮގަސްޓް މަހުގެ 27 ގައި ނުރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ވަޑައިގެންނެވި ސަބަބު މިހައިތަނަށް ވެއް ހާމަކުރައްވާފައެއް ނުވެއެވެ.


ރާއްޖޭގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން ރައީސް ވަނީ މީގެ ކުރިންވެސް އެގައުމަށް ވަޑައިގެންފައެވެ.


ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް އެމަނިކުފާނު ވަޑައިގަންނަވަނީ އާލާސްކަންފުޅާ އުޅުއްވާތީކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ އަޑުތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ. އަދި ބަޔަކު ޚަބަރެއް ފެތުރިނަމަވެސް އެކަމުގެ ތެދު، ދޮގު ބެލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެތެރޭގައި އެމަނިކުފާނު ވަނީ ތުރުކީ، ޔޫއޭއީ އަދި ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު