ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި

1 month ago

އަފްރާހް

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.


އެމަނިކުފާނު މިގޮތަށް ނިންމެވީ ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް މިއަހަރުގެ ޖޫން 13 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން އެމަނިކުފާނުގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިއާޔަތްކުރައްވައެވެ.


ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް މި ނިންމެވި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.


ސަރުކާރުން އަބަދު ވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށެވެ. 


ކިޔުންތެރިންގެ ހިޔާލު