ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކްރޮސްރޯޑުން އިންޓަރންޝިޕް

1 month ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކްރޮސްރޯޑްސް މޯލްޑިވްސްގެ މުއައްސިސުންނާ މަޝްވަރާކޮށްފިއެވެ.


މިއީ އިޖުތިމާއީ ހަމަޖެހުން ގާއިމްކުރުމާއި އާއިލީ ތަރައްގީއަށް ކުރާ ތަފާތު މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ ހިއްސާދާރެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބއްދަލުކުރެއްވުމެކެވެ.


މި ބައްދަލުވުމުގައި އެ ފަރާތުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ވަޒީފާއަށް ނިކުތުމަށް ތައްޔާރުވާ ކުދިންނަށް އިންޓަރންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


މީގެއިތުރުން އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް މިނިސްޓްރީން ހިންގާ ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.


އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމާ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން އެންމެން ޝާމިލުވާ އުފާވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކްރޮސްރޯޑްގެ ޓީމުން އަބަދު ވެސް އެއްބާރުލުން ދެއްވާ ޝައުގުވެރިކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިނިސްޓްރީން ފާހަގަކޮށް ޝުކުރުއަދާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު