މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެ، އެމްއެންޑީއެފް އިން ފެން ހިއްކަނީ

1 month ago

އަފްރާހް

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.


މިރޭ އިރުއޮއްސުނުތަނާ ވަރަށް ބޯކޮށް ވާރޭ ވެހެން ފެށިގޮތަށް އަދިވެސް ވެހޭއިރު، ވާރޭ ވެހި ފެންބޮޑުވާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ މަގުތަކުން ފެން ހިންދުުގެ މަސައްކަތް ކުރަމުންނެވެ.


އެގޮތުން އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް ސަރަހައްދުގައި ފެންހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ އިދާރާގެ މުވައްޒަފުން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެންމެފަހުން ހާމަކުރައްވާފައިވާ އަދާހަމައިގައިވާގޮތުން އުތުރުގެ އެކި ހިސާބުތަކަށާއި މެދުރައްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް، ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެކުމުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.


ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލުގެ ބާރުމިނުގައި ވައި ޖެހޭއިރު، ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާއިރު، ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.


ކިޔުންތެރިންގެ ހިޔާލު