ސިނަމާލެ ބްރިޖުން ރަމްކޮށްދެނީ ރާއްޖެއާއި ޗައިނާގެ ތަރައްގީގެ ވިސްނުން އެއްގޮތްކަން: ރައީސް

1 month ago

އަފްރާހް

ސިނަމާލެ ބްރިޖުން ރަމްކޮށްދެނީ ރާއްޖެއާއި ޗައިނާގެ ވިސްނުން އެއްގޮތްކަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ސިނަމާލެ ބުރިޖު ނުވަތަ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަށް 6 އަހަރު ފުރުމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ރައީސް ވިދާޅުވީ އެ ބްރިޖުން ދެގައުމުގެ ދެމެދު އޮތް ގާތްގުޅުން ވެސް ރަމްޒުކޮށްދޭ ކަމަށެވެ. އަދި އެއީ ތަރައްގީގައި ވެސް ދެ ގައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއް ކަމަށެވެ.


މީގެއިތުރުން މި ބުރިޖަކީ އިންޖީނިއަރިންގ ގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ މަސައްކަތެއްކަން ފާހަގަކުރައްވައި، ވިދާޅުވީ ރަށްތައް ގުޅާލުމާއެކު މިއީ ދެ ގައުމެއްގެ ގާތް ގުޅުމާއި ރަހުމަތްތެރިކަމުގެ ރަމްޒެއް ކަމަށެވެ.


ހަމަމިއާއެކު ދެގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުން އަންނަންއޮތް ޖީލުތަކަށް ވެސް ދައްކާދޭނެ އަލި ގަދަ ރަމްޒެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.


ސިނަމާލެ ބްރިޖު ތަރައްޤގީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ އެއްބޭފުޅަކީ ހައުސިންގ މިނިސްޓަރުގެ މަގާމުގައި އޭރު ހުންެވި އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.


ކިޔުންތެރިންގެ ހިޔާލު